ބްރޯޑްކާސްޓަރުން އަތުން ކޮންޓެންޓް ހޯދާ ރީބްރޯޑްކާސްޓަރުންނަކީ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ބައެއް ކަމުގައި ކަށަވަރުކުރުމަށް އިލްތިމާސްކުރުން

June 8, 2023

ސަރކިއުލަރ

ނަންބަރު: 427-BUR/CIR/2023/5a

ބްރޯޑްކާސްޓަރުން އަތުން ކޮންޓެންޓް ހޯދާ ރީބްރޯޑްކާސްޓަރުންނަކީ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ބައެއް ކަމުގައި ކަށަވަރުކުރުމަށް އިލްތިމާސްކުރުން

މި ކޮމިޝަނުން ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ކޮންޓެންޓް، ރީބްރޯޑްކާސްޓްކުރުމުގެ ބޭނުމަށް ޗެނަލް ރައިޓްސް ދޫކުރުމުގައި، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ފަރާތަކީ މި ކޮމިޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތެއް ކަމުގައި ކަށަވަރުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނެތި ޚިދުމަތްދެމުންދާ ފަރާތްތަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހަވާލާދީ ކޮމިޝަނުން ޢަމަލުކުރަމުންގެންދާނެ ކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

8 ޖޫން 2023