އޭ.އައި.ބީ.ޑީ އިން ހިންގާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ބްރޯޑްކާސްޓިންގައި ކޮމިޝަނުން ބައިވެރިވެއްޖެ

February 25, 2014

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިނގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން 24-25 ފެބުރުއަރީ ގައި މެލޭޝިއާގައި ހިންގާ “އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ބްރޯޑްކާސްޓް ޓްރެއިނިންގ” ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޕްލޭނިންގ ޕްރޮޖެކްޓްސް ޑިރެކްޓަރ އައިޝަތު ޝާހީން ބައިވެރިވެއްޖެއެވެ.

މިއީ މީޑިއާތަކާއި ސޯޝަލް މީޑިއާގެ ދައުރު ފުޅާވެގެންދާ ހިނދު، މި ފަދަ މީޑިއާ ތަކުގެ ފުރިހަމަ ބޭނުންކޮށްގެން ބްރޯޑްކާސްޓަރުން އެމީހުންގް ކޮންޓެންޓް ތަރައްޤީކުރުމަށާ އަދި އޯޑިއަންސް އަށް މަޤުބޫލް ކޮންޓެންޓެއް އުފެއްދުމުގައި ހުނަރުތައް ދަސްކޮށްދިނުމަށާއި އަށަގަންނަ ގޮތަށް ތަމްރީން ޕްރޮގްރާމްތައް ބައްޓަންކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް “ޑިފައިނިންގް ޓްރެއިނިންގ ފޯ ނިއު މީޑިއާ އެންޑް ސޯޝަލް މީޑިއާ” މި މަޢުޟޫގެ މައްޗަށް ބިނާކޮށް ތަމްރީނު ހިންގާ ރާވާ ފަރާތްތަކަށް ދޭ ތަމްރީނެކެވެ.

މި ކޮންފަރެންސްގައި މޯލްޑިވްސް ބްރޯޑްކާސްޓިނގ ކޮމިޝަނުން ބައިވެރިވުމުގެ ހުރިހާ ހަރަދެއް ދެއްވާފައިވަނީ އޭ.އައި.ބީ.ޑީ އިންނެވެ.