“ލައިސަންސްނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުން ހިފެހެއްޓޭ ޢާލާތްތަކާމެދު ޢަމަލުކުރާނެ އުސޫލު”ގެ ގަވާއިދުގެ ދެލިކޮޕީއަށް ޢާންމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފި

March 6, 2014

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ “ލައިސަންސްނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުން ހިފެހެއްޓޭ ޢާލާތްތަކާމެދު ޢަމަލުކުރާނެ އުސޫލު”ގެ ގަވާއިދުގެ ދެލިކޮޕީއަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ޢާންމުކުރި އިޢުލާނެވެ.

“މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ‘ލައިސަންސް ނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުން ހިފެހެއްޓޭ އާލާތްތަކާމެދު ޢަމަލުކުރާނެ އުސޫލު’ގެ ގަވާއިދުގެ ދެލިކޮޕީއަށް ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ.

މި ގަވާއިދުގެ ޑްރާފްޓް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv ގެ ލިންކް ކަމުގައިވާ http://www.broadcom.org.mv/dh/f/page.php?id=625&menu=5\އިން ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހަޅުއްވަން ބޭނުންނަމަ info@broadcom.org.mv އަށް ހުށަހެޅުއްވޭނެއެވެ. އަދި ފެކްސް މެދުވެރިކޮށްނަމަ 3334334 ފޮނުއްވޭނެއެވެ.

ވީމާ، ޢާންމު ފަރާތްތަކުން މި ގަވާއިދުގެ ޑްރާފްޓާމެދު ހުށަހަޅުއްވަން ބޭނުންފުޅުވާ ޚިޔާލުތައް ލިޔުމުން 16 މާރޗް 2014 ވާ އާދިއްތަ ދުވަހުގެ 14.00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.”