ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ކަސްޓަމަރ ސާރވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

March 3, 2014

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ކަސްޓަމަރ ސާރވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮމިޝަނުގައި އޮތް “ސުޕަރ ސާރވިސް ޑެލިވަރީ” ޕްރޮގްރާމަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ސަމާލުވާންވީ ކަންތައްތަކާއި މުޢާމަލާތުކުރުމުގައި ގެންގުޅެންވީ ރިވެތި އަދަބުތަކާއި އުސޫލުތައް ދަސްކޮށްދިނުމަށް ބޭއްވި ޕްރޮގްރާމެކެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ ޓްރެއިނަރަކީ މި ދާއިރާގައި ގިނަ ޕްރޮގްރާމްތަކެއް ހިންގަވާ ދެއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތެއް ކަމުގައިވާ  މަސްޢޫދު ޢަލީއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ ސަރޓިފިކެޓް ބައްސަވައިދެއްވީ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބާއި ނައިބު ރައީސް ޢަބްދުﷲ ޝުޖާޢުއެވެ.  ޖުމްލަ 12 މުވައްޒަފުން ވަނީ މި ތަމްރީނުގައި ބައިވެރިވެ ސަރޓިފިކެޓް ހާސިލްކޮށްފައެވެ.