ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީފީ ދެއްކުމުގެ މުއްދަތު ހިނގަމުންދާ މާރޗް މަހުގެ ނިޔަލަށް ހަމަވުން

March 10, 2013

ނަންބަރު:427LCM/CIR/2013/2

ސަރކިއުލަރ

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ އަހަރީފީ ދެއްކުމުގެ މުއްދަތު ހިނގަމުންދާ މާރޗް މަހުގެ ނިޔަލަށް ހަމަވުން

ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 11ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި ރީބްރޯޑްކާސްޓްކުރާފަރާތްތަކުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީފީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ނިޔަލަށް ދައްކަންވާނެއެވެ. ވުމާއެކު ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން ހިނގަމުން މިދާ މާރޗްމަހުގެ ނިޔަލަށް އަހަރީ ފީ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މި މުއްދަތު ފާއިތުވުމަށްފަހު އަހަރީ ފީގެ ފައިސާ ބަލާގަންނާނީ ފައިތުވާ ކޮންމެ ދުވަހަކަށް 2000/- (ދެހާސް)ރުފިޔާގެ ޖޫރިމަނާއާ އެކީގައެވެ.

   28 ރަބީޢުލްއާޚިރު 1434

 10 މާރޗް 2013