ސީޝެލްސް މީޑިއާ ކޮމިޝަނުން ބާއްވާ އެޑިޓަރސް ފޯރަމްގައި ކޮމިޝަނުން ބައިވެރިވެއްޖެ

November 10, 2014

ސީޝެލްސް މީޑިއާ ކޮމިޝަނުން އިންތިޒާމް ކޮށްގެން ސީޝެލްސްގެ މާހީގައި ބާއްވާ އެޑިޓަރސް ފޯރަމްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ސީޝެލްސް މީޑިއާ ކޮމިޝަނުގެ ދަޢުވަތަކަށް ކޮމިޝަނުގެ ފަރާތުން މި ފޯރަމްގައި ބައިވެރިވެވަޑައިގަތީ ކޮމިޝަނުގެ ރައީސް މުޙައްމަދުޝަހީބާއި ކޮމިޝަނުގެ މެންބަރ މުޙައްމަދު އަސްލަމެވެ.

މި ފޯރަމްގެ މަގްސަދަކީ މުޖުތަމަޢުގައި މީޑިއާ އަދާކުރަމުންދާ ދައުރާ ގުޅޭގޮތުން ސަރަޙައްދީ ފެންވަރުގައި ޚިޔާލު ބަދަލުކުރުމަށާއި، މި ސިނާޢަތު އިތުރަށް ފުޅާ ކުރުމަށް ކަމާ ގުޅުން ހުރި އެކި ފަރާތް ތަކުން އަދާކުރެވިދާނެ ދައުރާމެދު މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ.

ކޮމިޝަންގެ ވަފުދުގެ މި ދަތުރުގައި ސީޝެލްސް މީޑިއާގެ އިސް ފަރާތްތަކާ އެކު ރަސްމީ ބައްދަލުވުން ތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ސީޝެލްސްގެ ބައެއް މީޑިއާތަކަށާއި އެހެނިހެން ބައެއް އިދާރާތަކަށް ޒިޔާރަތްކުރުމަށްވެސް މި ދަތުރުގައި ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ކުރީކޮޅު ސީޝެލްސް މީޑިއާ ކޮމިޝަންގެ ރައީސް އިބްރާހީމް އަފީފް ރާއްޖެއަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.