ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދޭ ފަރާތްތައް ލައިސަންސް ހޯދުމަށް ދިން މުއްދަތު ޑިސެމްބަރގެ ނިޔަލަށް އިތުރުކޮށްފި

November 2, 2011

ނޫސް ބަޔާން

ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދޭ ފަރާތްތައް ލައިސަންސް ހޯދުމަށް ދިން މުއްދަތު  ޑިސެމްބަރގެ ނިޔަލަށް އިތުރުކޮށްފި

ކޭބަލް ޓެލެވިޜަން ޚިދުމަތް ދިނުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ބައެއް ރަށްރަށުގައި ކޭބަލް ޓެލެވިޜަން ގެ ޚިދުމަތް ދެމުންގެންދާތީ، ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުމަށް ހޯދަންޖެހޭ ލައިސަންސް ޤަވާއިދުން ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އިން ދިން މުއްދަތު މި އަހަރު ޑިސެމްބަރ ގެ ނިޔަލަށް މިއަދު އިތުރުކޮށްފިއެވެ.

ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުމަށް ލައިސަންސް ނެގުމަށް މީގެ ކުރިން ދިން 30(ތިރީސް) ދުވަހުގެ މުއްދަތު ހަމަވާނީ މި މަހުގެ 4 ވަނަ ދުވަހަށެވެ. ނަމަވެސް ލައިސަންސް ހޯދުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ހޯދުމަށް ތަފާތު ދަތިތައް ހުރިކަމަށް މި ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީ، ޑިސެމްބަރގެ ނިޔަލަށް މުއްދަތު އިތުރުކުރީ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

02 ނޮވެމްބަރ  2011