ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފި

November 25, 2013

                               ނަންބަރު:    427-BUR/CIR/2013/18

 ސަރކިއުލަރ

           ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 31ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ގެނެސްދޭން ވާނީ ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓެވެ. ވީމާ މި ވަގުތުތަކުގައި ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދާ ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަމަލުކުރަންވީ ގައިޑްލައިނާ އެއްގޮތަށް، ހުރިހާ އުމުރުފުރައަކަށް ވެސް އެކަށީގެންވާ ކޮންޓެންޓް ކަމުގައި ހެދުމަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.

          21 މުޙައްރަމް 1435

          25 ނޮވެމްބަރ 2013