ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

June 23, 2014

ނަންބަރު:(IUL) 427-OPR/1/2014/38

އިންޝުއަރެންސް

އިޢުލާން

ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި  އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި  އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 15 އޯގަސްޓް 2014 ން ފެށިގެން 1 އަހަރާއި 8 މަސްދުވަހަށް ހެލްތު އިންޝުއަރެންސް ގެ ޚިދްމަތް ފޯރުވައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޖުލައި 10 ވާ (ބުރާސްފަތި)  ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ޖުލައި 17 ވާ (ބުރާސްފަތި)  ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

                                25 ޝަޢުބާން 1435

                                23 ޖޫން    2014