ސްކޫލް ދަތުރެއްގައި ކ. ހުރާއަށް މިއަދުގޮސް އުޅެނިކޮށް ގެނބިގެން، ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް ކުއްލިގޮތަކަށް ނިޔާވުމުގެ ހިތާމައިގައި ބައިވެރިވުން.

September 9, 2011

ނޫސް ބަޔާން

 ސްކޫލް ދަތުރެއްގައި ކ. ހުރާއަށް މިއަދުގޮސް އުޅެނިކޮށް ގެނބިގެން، ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކާއި ޕްރިންސިޕަލް ކުއްލިގޮތަކަށް ނިޔާވުމުގެ ހިތާމައިގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ.

ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، އެމަރްޙޫމުންގެ ޢާއިލާތަކަށާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ކެއްތެރިކަން ދެއްވާށިއެވެ. އަދި އެމަރްޙޫމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށިއެވެ. އާމީން!

އަދި މިހިތާމަވެރި ހާދިޘާގެ ޚަބަރުތައް އެންމެ ތާޒާކަމާއެކު ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވުމުގައި ބްރޯޑްކާސްޓް މީޑިއާ އިން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

9 ސެޕްޓެމްބަރ  2011