”ހިއުމަން ރައިޓްސް އެންޑް ގުޑް ގަވަރނަންސް ރިޕޯޓިން“ ޓްރެއިނިންގ އޮފް ޓްރެއިނަރސް ވާރކްޝޮޕް ބާއްވައިފި

August 18, 2015

 penޔޫ.އެން.ޑީ.ޕީ.ގެ އިންޓަރގްރޭޓެޑް ގަވަރނަންސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ”ހިއުމަން ރައިޓްސް އެންޑް ގުޑް ގަވަރނަންސް ރިޕޯޓިންގ ގައިޑްލައިން“ އެކުލަވާލުމުގެ މަސައްކަތުގެ ދަށުން ޓްރެއިނިންގ އޮފް ޓްރެއިނަރސް ވާރކްޝޮޕެއް ބާއްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކަމާބެހޭ މުއައްޒަފުންނަށް އޯގަސްޓް މަހުގެ 16- 17އަށް ބޭއްވި މި ވާރކްޝޮޕް ހިންގަވައިދެއްވީ ބްރޯޑްކާސްޓް ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ މުޙައްމަދު ނަޒީފްއެވެ.

މި ވާރކްޝޮޕް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްގުތަކާ ގުޅޭ މައްސަލަތަކާއި އަދި ހެޔޮ ވެރިކަން ދަމަހައްޓާ ކުރިއެރުވުމުގެ ގޮތުން މިޑިއާއަށް އަދާކުރެވިދާނެ ދައުރާމެދު ނޫސްވެރިން ތަމްރީންކުރުމަށް ޓްރެއިނަރުން އުފެއްދުމެވެ.