ވޯލްޑް ކަޕް ބެލޭނޭ ކަމަށް ބުނެ އައިސް ޓީވީ އިން އަގު ނަގައިފައިވާ މައްސަލައިގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފި

July 2, 2014

މި އަހަރުގެ ވޯލްޑް ކަޕް ބެލޭނޭ ކަމަށް ބުނެ އައިސް ޓީވީ އިން އަގު ނަގައިފައިވާ މައްސަލައިގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ.

ތިރީގައި މިވަނީ މިކަމާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާންމުކޮށްފައިވާ އިޢުލާނެވެ.

“މިހާރު ހިނގަމުންދާ ފީފާ ވޯލްޑް ކަޕްގެ މެޗްތައް ބެލުމުގެ މަގްސަދުގައި “އައިސް ޓީވީ” ޗެނެލަށް ސަބްސްކްރައިބްކުރުމަށް މީޑިއާނެޓްގެ ޚިދުމަތް ބޭނުންކުރައްވާ ގިނަ ފަރާތްތަކަކުން ފައިސާ ދައްކާފައިވާ ކަމަށާއި މި ކަމާ ގުޅިގެން ބައެއް ކަސްޓަމަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަމުގެ މައުލޫމާތު މި ކޮމިޝަނަށް ލިބެމުން އެބަ ދެއެވެ.

“ވީމާ، ވޯލްޑްކަޕް ބެލުމުގެ މަގްސަދުގައި “އައިސްޓީވީ”އަށް ސަބްސްކްރައިބްކުރުމަށް 12 ޖޫން 2014 އިން ފެށިގެން މިހާތަނަށް މީޑިއާ ނެޓަށް ފައިސާ ދައްކާފައިވާ ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް ވާނަމަ، 15 ޖުލައި 2014ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެ ކަމަށްޓަކައި މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅުވުން އެދެމެވެ.”

މި ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އަދި ކޮމިޝަންގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެއެވެ.