ރާއްޖޭގައި ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުމުގެ ލައިސަންސް ނެތި ބައެއް ރަށްރަށުގައި ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުން އާންމު ވަމުންދާތީ

August 16, 2011

ނޫސް ބަޔާން

ރާއްޖޭގައި ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުމުގެ ލައިސަންސް ނެތި ބައެއް ރަށްރަށުގައި ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުން އާންމު ވަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ކޭބަލް ޓެލެވިޜަންގެ ޚިދުމަތް މެދުވެރިކޮށް އަމިއްލަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުން ގެންދާކަމުގެ މަޢުލޫމާތު ވެސް މިކޮމިޝަނަށް ވަނީ ލިބިފައެވެ.

ރާއްޖޭގައި ދެމުންގެންދާ ކޭބަލް ޓެލެވިޜަންގެ ޚިދުމަތަކީ އެކަމަށް ކަނޑައެޅިފައިވާ ވަކި ގަވާޢިދެއްގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަމަށް ހާއްސަކޮށް ދޫކުރާ ލައިސަންސް ލިބިގެން މެނުވީ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ޚިދުމަތެއް ނޫން ކަމުގައި ދަންނަވަމެވެ. އަދި ކޭބަލް ޓެލެވިޜަންގެ ޚިދުމަތްދޭ އެއްވެސް ފަރާތްތަކުން އަމިއްލަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމަކީ، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި، ކޭބަލް ޓެލެވިޜަންގެ ޚިދުމަތް ދިނުމުގެ ޤަވާޢިދާ ޚިލާފަށް ކުރަމުން ގެންދާ ކަމެކެވެ.

ވީމާ ލައިސަންސް ނެތި ކޭބަލްޓެލެވިޜަންގެ ހިދުމަތް ދިނުމާއި، ކޭބަލް ޓެލެވިޜަންގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ކޮންޓެންޓް ފޮނުވުން ހުއްޓާލުމަށް މިކޮނިޝަނުން ވާނީ އާންމުކޮށް އިއުލާނުކޮށްފައެވެ.

16 އޯގަސްޓް 2011