ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-01/2017)

February 14, 2017

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-01/2017)

ޝަކުވާ ނަމްބަރު: IMCAC-01/2017

ޝަކުވާ ހުށެހެޅި ތާރީޙް: 7 ފެބުރުވަރީ 2017

ހުލާސާ: މިއީ، ވީޓީވީ އިން 2 ފެބުރުވަރީ 2017ގެ މެންދުރު ނަމާދު ވަގުތު ވުމުގެ ކުރިން ނަމާދު ވަގުތުގެ ބަންގި ބްރޯޑްކާސްޓްކޮށްފައިވާތީ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2 ފެބުރުވަރީ 2017ގެ މެންދުރު ނަމާދު ބަންގި ވަގުތަކީ 12:24ކަމަށް ވެފައި، ވީޓީވީ އިން މެންދުރު ނަމާދު ބަންގި 12:04 އަދި 12:22 ހާއިރު ގެނެސްދީފައިވާތީ، ނަމާދު ވަގުތު ވުމުގެ ކުރިން ނަމާދުވަގުތުގެ ބަންގި ވީޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވުމުން ބެލުންތެރިންނަށް އޮޅުން އަރާނެ ކަމަށް ފެނުނު ހިނދު، މިފަދަ ކަންތައްތައް ތަކުރާރު ވިޔަ ނުދިނުމަށް ބަންގި އޭގެ ވަގުތުގައި ގެނެސްދިނުމަށް އިތުރަށް ސަމާލުވުމަށް ދަންނަވައި، މައްސަލަ ނިންމާފައި.

14 ފެބުރުވަރީ 2017