ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2014)

April 1, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-02/2014)

ޝަކުވާ ނަމްބަރު: IMCAC-2/2014

ޝަކުވާ ހުށެހެޅި ތާރީޙް: 10 ފެބްރުވަރީ 2014

ހުލާސާ: މިއީ، ދި.އެފް.އެމް ޕްލަސް އިން 20 ޖަނަވަރީ 2014ވަނަ ދުވަހުގެ 8:00 ން 09:00އަށް ގެނެސްދީން “ޓޯކް އޮފް ދަ ޓައުން” ޕްރޮގްރާމްގައި އޭ.ސީ.ސީގެ ހުރުމަތް ކެނޑޭގޮތަށް އަދި ރައްޔިތުންގެ ހިތްތަކުގައި އެ ކޮމިޝަނާމެދު އޮންނަ އިހުތިރާމާއި ޤަދަރު ގެއްލޭގޮތަށް ފުރައްސާރަކޮށް ޙަޤީޤަތާއި ޚިލާފު ވާހަކަ ތައް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ދި.އެފް.އެމް ޕްލަސް އިން 20 ޖަނަވަރީ 2014ވަނަ ދުވަހުގެ 8:00 ން 09:00އަށް ގެނެސްދީން “ޓޯކް އޮފް ދަ ޓައުން” ޕްރޮގްރާމްގައި އެންޓި ކަރަޕްޝަން ކޮމިޝަންގެ ހުރުމަތް ކެނޑޭގޮތަށް އަދި ރައްޔިތުންގެ ހިތްތަކުގައި އެ ކޮމިޝަނާ މެދު އޮންނަ އިހުތިރާމާއި ޤަދަރު ގެއްލޭގޮތަށް ފުރައްސާރަކޮށް ޙަޤީޤަތާއި ޚިލާފު ވާހަކަ ތައް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ފެނުނު ހިނދު މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއްކަމަށް ކަނޑައަޅައި، މި ފަދަ ޕްރޮގްރާމްތައް ގެނެސްދޭއިރު މުއައްސަސާތަކުގެ އިތުރުބާރު ނުގެއްލޭނޭ ގޮތަކަށް ބްރޯޑްކާސްޓް ކުރުމަށާއި، އަދި ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އަންގައި ނަސޭހަތްތެރިވުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

01 އެޕްރީލް 2014