ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2019)

December 25, 2022

ޝަކުވާ ނަމްބަރު: IMCAC-04/2019

ޝަކުވާ ހުށަހެޅި ތާރީޙް: 19 މާރިޗް 2019

ހުލާސާ: މިއީ، އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓްގައި ޗެނަލް ރައިޓްސް ނެތި “BBC World News” ދައްކަމުން ދާކަމަށް ބުނެ ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓްގައި ޗެނަލް ރައިޓްސް ނެތި “BBC World News” ދައްކަމުން ދާކަމަށް ބުނެ 15 އޭޕްރީލް 2019 ގައި އެކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ ބަލާފައިވާ ކޮމިޝަނުގެ ނަންބަރު IMCAC-04/2019 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙްޤީގު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓްގައި ދީފައިވާކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

25 ޑިސެންބަރު 2022