ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2015)

April 7, 2015

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2015)

ޝަކުވާ ނަމްބަރު: IMCAC-04/2015

ޝަކުވާ ހުށެހެޅި ތާރީޙް: 10 މާރިޗު 2015

ހުލާސާ: ޕްރޮސެކިއުޓަރ ޖެނެރަލް އާއި ކްރިމިނަލް ކޯޓުގެ ގާޒީއަކު ކެފޭއެއްގައި ބައްދަލުކުރެއްވިކަމަށް ބުނާ ޚަބަރު ޕްރޮސެކިއުޓަރ ޖެނެރަލް ދޮގުކުރައްވާތީ، 09 މާރިޗު 2015 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީއިން ދޮގު ޚަބަރެއް ފެތުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 09 މާރިޗު 2015ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީން ފޮނުވި ޚަބަރުގައި، އެ ޚަބަރުގައި ޝާމިލުވާ ދެ ފަރާތުގެ ބަސް ވެސް ގެނެސްދީފައިވާ ކަމަށް ފެންނާތީ، އެ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފު ކޮންޓެންޓެއްކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީއެވެ.

07 އެޕްރީލް 2015