ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2019)

December 25, 2019

ޝަކުވާ ނަމްބަރު: IMCAC-07/2019

ޝަކުވާ ހުށަހެޅި ތާރީޙް: 14 އޮކްޓޯބަރު 2019

ހުލާސާ: މިއީ، ސަންގު ޓީވީއިން 06 އޮކްޓޫބަރު 2019 ގެ  20:20 އިން 20:25 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓުގައި ސަލަފުގެ ބައެއް ދީނީ ޢިލްމުވެރިން ރިޝްވަތު ނަގައިގެން ދީނީ ފަތުވާ ނެރެފައިހުރި ކަމަށް ބުނެފައިވާތީ، ކޮމިޝަނުން  ބަލާފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު މުހިއްމު ނުކުތާތައް:

  1. ޝަކުވާގައި ބަޔާންކޮށްފައިވާ ތުހުމަތާ ގުޅިގެން 06 އޮކްޓޫބަރު 2019 ގެ 20:20 އިން 20:25 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓް ބެލިބެލުމުގައި، މައްސަލައިގައި ބުނާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ފާހަގަކުރެވިފައިވާކަން.
  2. 06 އޮކްޓޫބަރު 2019 ގެ 20:20 އިން 20:25 އަށް ސަންގު ޓީވީން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓުގައި ސަލަފު ޖަމްޢިއްޔާއަށް ނިސްބަތްކޮށް ވާހަކަތަކެއް ގެނެސްދީފައި ވީނަމަވެސް އެ ވާހަކަތަކަކީ ތުޙުމަތުތަކެއްކަމާއި އެ ވާހަކަތައް ނިސްބަތްވަނީ، އެ ޖަމްޢިއްޔާގެ “ބައެއް” މެންބަރުންނަށް ކަމަށްވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އަށް ނަޒަރުކުރާއިރު، އެ މިންގަނޑާ މި ކޮންޓެންޓު ޚިލާފުވާކަމަށް ބެލެވެން ނެތްކަން ފަހާގަކުރެވިފައިވާކަން

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، ސަންގު ޓީވީއިން 06 އޮކްޓޫބަރު 2019 ގެ  20:20 އިން 20:25 އަށް ބްރޯޑްކާސްޓްކުރި ކޮންޓެންޓު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްނުވާ ކަމަށް މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

24 ޑިސެންބަރު 2019