ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2014)

June 17, 2014

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-07/2014)

ޝަކުވާ ނަމްބަރު: IMCAC-7/2014

ޝަކުވާ ހުށެހެޅި ތާރީޙް: 20 އޭޕްރީލް 2014

ހުލާސާ:  މިއީ، ދި އެފް އެމް ޕްލަސްއަށް ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް އިންޒާރު ދީފައިވަނިކޮށް 15 އެޕްރީލް 2014 ގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ ފޮޓޯ އެކޮޅުކޮޅުންޖަހައިގެން ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށްބުނެ ހުށަހާޅައިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: މަތީގައިވާ ކަންކަމަށް ބަލައި ނަޒަރުކުރުމުން، 15 މާރިޗް 2014ވަނަ ދުވަހު، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ދިއެފްއެމް ޕްލަސްއިން ބްރޯޑްކާސްޓްކޮށްފައި ވަނީ އެ ފަރާތުގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކަމެއް ކަމަށް ކުރިންވެސް ނިންމާފައި އޮތް ކަމަކަށް ވާތީ އާއި މި ކަންކަމަށް ފިޔަވަޅު އެޅުމުން ވެސް އެއްވެސް އިސްލާހެއް ނުގެނެސް އެ ކަން ތަކުރާރު ކުރަމުންދާކަމަށް ފާހަގަކުރެވޭތީ އާއި އަދި މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ފަސް ވަނަ ފަހަރު ޚިލާފުވެގެން، “މި ފަދަ ކަމެއް ދެން ތަކުރާރު ކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު” 25 މެއި 2014 ގައި އެ ފަރާތަށް ދީފައިވަނިކޮށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 4ގެ ދަށުން، މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ ދިއެފް އެމް ޕްލަސް ސްޓޭޝަންގެ ހިންގުމުގެ އެންމެ އިސް ވެރިޔާ މި ކޮމިޝަނަށް ހާޒިރުކޮށް، މިފަދަ ކުށް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އެ ފަރާތަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

                                  17 ޖޫން 2014