ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-09/2021)

December 28, 2022

ޝަކުވާ ނަމްބަރު: IMCAC-09/2021

ޝަކުވާ ހުށަހެޅި ތާރީޙް: 08 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ކޭބަލް ޓީވީގެ ޚިދުމަތް ކްލަބް މެޑް ފިނޮޅު ވިލާސް/ ކ. ގަސްފިނޮޅު ރިސޯޓުގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ކްލަބްމެޑް ކަނިފިނޮޅުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ 08 ޖޫން 2021 ގައި ބަލަންފެށި ކޮމިޝަނުގެ ނަންބަރު IMCAC-09/2021 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙްޤީގު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ކްލަބްމެޑް ކަނިފިނޮޅުގައި ދޭކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

28 ޑިސެންބަރު 2022