ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-11/2013)

October 28, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CAC-11/2013)

ޝަކުވާ ނަމްބަރު: IM/CAC-11/2013

ޝަކުވާ ހުށެހެޅި ތާރީޙް: 26 ސެޕްޓެމްބަރ 2013

ހުލާސާ:  ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ ފޮޓޯ ބްރޯޑްކާސްޓްކުރަނީ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ކޮމިޝަނަށް ގިނަ ޝަކުވާތަކެއް ލިބެމުންދާތީ އެކަން ބެލުމަށް އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އިލެކްޝަންސް ކޮމިޝަންގެ 3 މެމްބަރެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހާ “ވޯޓު އޮޅުވާލިކަމަށް ޕާޓީ ތަކުން ތުހުމަތުކުރާ ތިން މެމްބަރުން” މިހެން ކެޕްޝަން ލިޔެ ދި.އެފް.އެމް ޕްލަސް އިން ކޮންޓެންޓް ގެނެސްދީފައިވަނީ އެ މުއައްސަސާގެ އިއްޒަތާއި ގަދަރަށް   އުނިކަން އަންނަ ގޮތަށް ކަމަށް ނިންމައި، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިންވަނަ ހަމައިގެ (1) އާ ޚިލާފު ކޮންޓެންޓެއްކަމަށް ކަނޑައަޅައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މޯލްޑިވްސް މީޑިއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ނަސޭހަތްތެރިވުމަށް މައްސަލަ ބެލި ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

28 އޮކްޓޯބަރ 2013