ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-11/2021)

November 22, 2022

ޝަކުވާ ނަމްބަރު: IMCAC-11/2021

ޝަކުވާ ހުށަހެޅި ތާރީޙް: 08 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ގަންގެހި އައިލަންޑް ރިސޯޓް އެންޑް ސްޕަރ / އއ.ގަންގެހީގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ގަންގެހި އައިލަންޑް ރިސޯޓް އެންޑް ސްޕަރ އއ.ގަންގެހީގައި ރީބްރޯޑްކާސްޓްކުރުމުގެ  ޚިދުމަތް   ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ 08 ޖޫން 2021 ގައި ބަލަންފެށި ކޮމިޝަނުގެ ނަންބަރު IMCAC-11/2021 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، 2019 އޭޕްރީލްގައި ގަންގެހި އައިލަންޑް ރިސޯޓް އެންޑް ސްޕަރ / އއ.ގަންގެހި ރިސޯޓުގެ މެނޭޖްމަންޓް ބަދަލުވިފަހުން ޓީވީ ޗެނަލް ބޭނުންކުރަމުން ނުދާކަމަށް ގަންގެހި އައިލަންޑް ރިސޯޓުން ކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާތީއާ، ކޮމިޝަންގެ ނަންބަރު IMCAC-11/2021 މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ގަންގެހި އައިލަންޑް ރިސޯޓުގައި ދޭކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

22 ނޮވެންބަރު 2022