ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-23/2021)

December 28, 2022

ޝަކުވާ ނަމްބަރު: IMCAC-23/2021

ޝަކުވާ ހުށަހެޅި ތާރީޙް: 08 ޖޫން 2021

ހުލާސާ: މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ކޭބަލް ޓީވީގެ ޚިދުމަތް ދަ ކޮކޫން މޯލްޑިވްސް / ޅ.އޫކޮޅުފިނޮޅުގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލަމުންދާ މައްސަލައެކެވެ.

ނިންމި ގޮތް: ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ކޮކޫން މޯލްޑިވްސް ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީ 08 ޖޫން 2021 ގައި ބަލަންފެށި ކޮމިޝަނުގެ ނަންބަރު IMCAC-23/2021 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީގުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް މައްސަލައިގެ ތަޙުޤީގު މަރުޙަލާގައި ހޯދިފައިވާ މަޢުލޫމާތަށް ނަޒަރުކުރާއިރު ޝަކުވާގައި ފާހަގަކޮށްފައިވާ ފަދަ ޚިދުމަތެއް ކޮކޫން މޯލްޑިވްސް ރިސޯޓުގައި ދީފައިވާކަން ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ މި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

28 ޑިސެންބަރު 2022