ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-3/2016)

November 29, 2016

ޝަކުވާ ނަމްބަރު: IMCAC-3/2016

ޝަކުވާ ހުށެހެޅި ތާރީޙް: 07 ސެޕްޓެމްބަރ 2016

ހުލާސާ:  މިއީ، ޓީ.ވީ.އެމް އިން 11 އޮގަސްޓް 2016 ވަނަ ދުވަހުގެ ރޭ 20:00 އާ 21:00އާ ދެމެދުގެ ވަގުތެއްގައި ގެނެސްދިން ޚަބަރެއްގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަބުރާ ބެހިފައިވާކަމަށާއި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ އަބުރާ ބެހިފައިވާކަމަށް ކޮމިޝަންގެ ސަމާލްކަމަށް އައިސްފާވާތީ ހުށަހަޅާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން 14 ނޮވެންބަރު 2016ގައި ގެޒެޓްކޮށްފައިވާ “ޖޫރިމަނާކުރުމުގެ އުޞޫލު”ގެ 6 ވަނަ ނަންބަރުގެ (ށ)ގެ ދަށުން އަބުރާ ބެހުމުގެ މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަމެއް ބެލުމުގެ އިޚްތިޔާރު މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް ދީފައި އޮތް ނަމަވެސް، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ތަންފީޒުކުރުމާ ވިދިގެން، ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އަދި މުޙައްމަދު ނަޝީދު އެ ދެ ބޭފުޅުންގެ ރަސްމީ ޓްވިޓަރ އެކައުންޓްގައި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރައްވާނެ ކަމަށް އާންމުކޮށް އިޢުލާން ކުރައްވައިފައިވާކަން ކޮމިޝަނުން ބެލިބެލުމުން ދޭހަވާތީ، އަދި އެ ފަރާތްތަކުން ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ނުވާ ހާލަތުގައި ކޮމިޝަނުން އިސްނަގައިގެން މި މައްސަލަ ކުރިޔަށް ގެންދިއުމަށް ނުފެންނަ ކަމަށް، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީއެވެ.

29 ނޮވެންބަރު 2016