ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-34/2018)

September 4, 2018

ޝަކުވާ ނަމްބަރު: IMCAC-34/2018

ޝަކުވާ ހުށަހެޅި ތާރީޙް: 29 އޮގަސްޓް 2018

 ހުލާސާ: މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ސަންގު ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ސަންގު ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުޞަތެއް ދެވިފައިވާކަމާއި؛

ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މައްސަލައަށް ޖަވާބުދާރީވެ ދީފައިވާ ބަޔާނަށް ނަޒަރުކުރާއިރު، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓުންގެ ނަންތައް އިޢުލާނުކުރި ދުވަސް (18 އޮގަސްޓު 2018) ގެ 16:00 ގެ ޚަބަރުގެ ކުރިން އިއުލާނުކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް؛

18 އޮގަސްޓު 2018 ދުވަހުގެ 15:15 އިން 16:00 ގެ ނިޔަލަށް “ސަންގު ޓީވީ” އިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ ތެރޭގައި، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓުންނަށް ވަގުތު ދިނުމާއި ބެހޭ އުސޫލު އާންމުކޮށް އިއުލާނުކުރުމުގެ ގޮތުން އެއްވެސް ކޮންޓެއްޓެއް ގެނެސްދީފައިނުވާ ކަން ކޮމިޝަނުގެ މޮނިޓަރިންގ އަށް ފާހަގަކުރެވިފައިވާތީ އާއި؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތިން ވަގުތު ދޭ ގޮތުގެ މައުލޫމާތު ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ސަންގު ޓީވީ” އިން އިއުލާނުކުރިކަން، ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ސަންގު ޓީވީ” ޗެނަލުން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 2 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅައި؛

އަދި، މިއީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވި ފުރަތަމަ ފަހަރުކަމުގައިވާތީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 5 ވަނަ މާއްދާ (ފިޔަވަޅު އެޅުން) ގެ 1 ވަނަ ނަންބަރުގެ ދަށުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ސަންގު ޓީވީ” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު، 5 ސެޕްޓެންބަރު 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮށް އަންގާ އިއުލާނުކުރުމަށާއި، އެ ކޮންޓެންޓް 6 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޝަނަށް ފޮނުވުމަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

03 ސެޕްޓެންބަރު 2018