ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-35/2018)

September 4, 2018

ޝަކުވާ ނަމްބަރު: IMCAC-35/2018

ޝަކުވާ ހުށަހެޅި ތާރީޙް: 29 އޮގަސްޓް 2018

 ހުލާސާ: މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ،  ކޮމިޝަނުން ބަލާފައިވާ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް، އެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކޮމިޝަނަށް ހާޒިރުވެ ޖަވާބުދާރީވުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުޞަތެއް ދެވިފައިވީ ނަމަވެސް؛

މައްސަލައަށް ޖަވާބުދާރީވުމަށް ކޮމިޝަނަށް ހާޒިރުވުމަށް ދެވިފައިވާ ފުރުޞަތުގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނަށް ހާޒިރުވެފައިނުވާތީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 4 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުގެމަތިން، ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮމިޝަނަށް ހާޒިރުވެފައިނުވާތީ، އެ ފުރުޞަތު ދޫކޮށްލީކަމަށް ބަލައި؛

ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢަތުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން އޮތަތީ؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 2 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅައި؛

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައިވާކަން ކޮމިޝަނުގެ ތަޙުޤީޤަށް އެނގެން ނެތަތީ؛

“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 2 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައިވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅައި؛

އަދި، މިއީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވި ފުރަތަމަ ފަހަރުކަމުގައިވާތީ، “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” ގެ 5 ވަނަ މާއްދާ (ފިޔަވަޅު އެޅުން) ގެ 1 ވަނަ ނަންބަރުގެ ދަށުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު، 5 ސެޕްޓެންބަރު 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އާންމުކޮށް އަންގާ އިއުލާނުކުރުމަށާއި، ހަމަ މިމުއްދަތުގެ ތެރޭގައި އެ މައުލޫމާތު ކޮމިޝަނަށް ހުށަހެޅުމަށާއި، އިއުލާނުކުރިކަން އަންގައިދޭ ކޮންޓެންޓް 6 ސެޕްޓެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް، މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.

03 ސެޕްޓެންބަރު 2018