ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-6,7/2013)

December 24, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-6,7/2013)

ޝަކުވާ ނަމްބަރު: IMCAC-6/2013 / IMCAC-7/2013

ޝަކުވާ ހުށެހެޅި ތާރީޙް: 11 ސެޕްޓެމްބަރ 2013 / 15 ސެޕްޓެމްބަރ 2013

ހުލާސާ:  މިއީ، ޤައުމުގެ މަސްލަހަތު ގެއްލޭފަދަ ގޮތަކަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ކޮންޓެންޓް ފޮނުވާކަމަށާއި “އަތް ބުރިއަރުވާލާނަން” މިހެން ބުނެފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާކަން އިންޓަރނަލް މޮނިޓަރިންގއަށް ފާހަގަކުރެވިފައިވާ މައްސަލައެކެވެ.

ނިންމި ގޮތް:  ޙަވާލާދީފައިވާ ކޮންޓެންޓް ގެނެސްދީފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (3)، ދެވަނަ ހަމައިގެ (1)(2)، ތިން ވަނަ ހަމައިގެ (1) އަދި ފަސްވަނަ ހަމައިގެ (4) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 3ގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 05 ޖެނުއަރީ 2014ވާ އާދީއްތަ ދުވަހުގެ ކުރިން އެއް ރޭ 08:00 އާއި 10:00އާ ދެމެދު ވީ.ޓީ.ވީ އިން ޢާންމުކުރުމަށް އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް ކަނޑައަޅައި، މި ކޮންޓެންޓްގެ ރިޕީޓް ބްރޯޑްކާސްޓްކުރާ ނަމަ އިސްލާޙުކުރުމަށްފަހު މެނުވީ ބްރޯޑްކާސްޓް ނުކުރުމަށާއި ލައިވް އިވެންޓްތަކާއި ޕްރޮގްރާމްތައް ފޮނުވާއިރު މި ފަދަ ކޮންޓެންޓް އޮންއެއަރ ނުވާނޭގޮތުގެ މަތީން އިންތިޒާމްތައް ބެހެއްޓުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ )ހ(ގެ 1ގެ ދަށުން އައިލަންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމީއެވެ.

24 ޑިސެމްބަރ 2013