ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CADR-1/2012)

February 19, 2013

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IM/CADR-1/2012)

ޝަކުވާ ނަމްބަރު: IM/CADR-1/2012

ޝަކުވާ ހުށެހެޅި ތާރީޙް: 14 އޯގަސްޓް 2012

ހުލާސާ: ރާއްޖެ ޓީވީން 13 އޮގަސްޓް 2012 ގެ 2230 ން 00:00އަށް ބްރޯޑްކާސްޓްކުރި އެމް.ޑީ.ޕީ ކަޅު ހުކުރު އިވެންޓްގައި ކޯޑް އޮފް ޕްރެކްޓިސްގެ 2 ވަނަ ހަމައިގެ (1) އަދި 2 ވަނަ ހަމައިގެ (2)އާ ޚިލާފު ކޮންޓެންޓެ ބްރޯޑްކާސްޓްކޮށްފައިވުން.

ނިންމި ގޮތް : މަތީގައިވާ ފަސް މައްސަލައާ ގުޅިގެން ހުށަހެޅުނު ކޮންޕްލެއިންޓްސް އެޖުޑިކޭޝަން ކޮމިޓީގެ ރިޕޯޓަށް ބަލާ ނަޒަރުކުރުމުން، ބުނެވިދިޔަ ވަގުތުތަކުގައި ރާއްޖެޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެއްޓެއްކަމަށް ކަނޑައަޅައި، ނަމަވެސް މީގެ ތެރެއިން ބައެއް މައްސަލަތަކުގައި ފާހަގަކޮށްފައިވާ ކޮންޓެންޓަކީ އެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން މިހާރުވެސް ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅާފައިވާ ކޮންޓެއްޓެއްކަމާއި އަދި މީގެ ތެރެއިން ލައިވް ކަވަރޭޖްތައް ޝާމިލްވާ ކޮންޓެންޓަކީ އެ ފަދަ އެހެން ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފުވާ ކަންކަމުގައި އެކަންކަން އިސްލާޙްކުރުމަށް ރާއްޖެ ޓީވީއަށް ކުރިން އަންގާފައިވާ ކަންކަމަށް ވާތީ، ބުނެވިދިޔަ މައްސަލަތަކާ ގުޅޭގޮތުން ރާއްޖެ ޓީވީ އަށް އިތުރަށް ފިޔަވަޅެއް އަޅަން ނުފެންނަ ކަމަށް ނިންމައި، ނަމަވެސް ރާއްޖެ ޓީވީގެ ކޯޑް އޮފް ކޮންޑަކްޓާއި އެޑިޓޯރިއަލް ޕޮލިސީ ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ތައާރުޒުވާކަމަށް ފާހަގަކޮށްފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ (1) ގެ ދަށުން، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ތައާރުޒުނުވާ ގޮތަށް ރާއްޖެ ޓީވީގެ ކޯޑް އޮފް ކޮންޑަކްޓާއި އެޑިޓޯރިއަލް ޕޮލިސީ އިސްލާޙުކުރުމަށް ރާއްޖެޓީވީއަށް އެންގުމަށް ކަނޑައަޅައި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމީއެވެ.

19 ފެބްރުއަރީ 2013