އިޢުލާން – “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް” އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

April 11, 2022

އިޢުލާނު

ނަންބަރު: 8 (IUL)427-OPR/1/2022/

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް” އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

 

ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް” ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައިކަންކަން އިންތިޒާމުކޮށް ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން،  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

                                               11 އެޕްރީލް 2022