ވަޒީފާގެ ފުރުސަތު (ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ކޯޑިނޭޓަރ)

May 22, 2014

ނަންބަރު: (IUL) 427-OPR/1/12014/36

ވަޒީފާގެ ފުރުސަތު

މަޤާމް: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ކޯޑިނޭޓަރ

ގްރޭޑް: 1

ސެކްޝަން: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް: ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން

އަދަދު: 1

މުސާރަ: ރ8,900/-

ލިވިންގް އެލަވަންސް: 3000ރ

ނޮން ޕްރެކްޓިސް އެލަވަންސް: 2500ރ

އިތުރު އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
  • މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ދާއިރާއާއި ގުޅޭ ފީލްޑަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވުން، ނުވަތަ މިދާއިރާގައި  މަދުވެގެން 7 އަހަރު ދުވަހު  މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން،
  • ވަޒީފާއާބެހޭ ޤާނޫނު އަދި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން،
  • ދިވެހި އަދި އިގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެގުން،
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން،
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން،

މަޤާމުގެ މަސްއޫލިއްޔަތު

  • މުވައްޒަފުންގެ ހާޒިރީގެ ކަންކަން ޤާނޫނާއި ޤަވާއިދާއި އަދި ހަމަޖެހިފައިއޮންނަ އުސޫލުގެ ދަށުން ބެލެހެއްޓުން؛
  • ކޮމިޝަންގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުން، ޗުއްޓީއާއި ސަލާމްގެކަންތަކާއި، މުވައްޒަފުންގެ ޕާސަނަލް   ފައިލްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން ބެލެހެއްޓުން؛
  • ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ، އެލަވަންސް، އިތުރުގަޑި، އިންޝުއަރެންސް އަދި ޕެންޝަން ދިނުންފަދަ އެންމެހާ ކަންކަން ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން؛
  • މުވައްޒަފުން ތަމްރީން ކުރުމަށް އެކަށައެޅޭ ޕްރޮގްރާމްތަކާއި އެއްގޮތައް އެކަންކަން ބަލަހައްޓާ ހިންގަން އެހީތެރިވެދިނުން؛
  • މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލްގެ އެންމެހައި ކަންކަން ރާވާ ހިންގުން؛
  • ކޮމިޝަންގެ މުވައްޒަފުންގެ ޕްރޮމޯޝަންގެ ކަންކަން އެޗް.އާރް. ޕެނަލްގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން؛
  • މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި ބަލަންޖެހޭ މިންގަޑު ތަކަށްބަލާ، ކުރިއެރުން ހައްގުވާ މުވައްޒަފުންނަށް ކުރިއެރުން ލިބިދިނުމުގަޔާއި، މުވައްޒަފުންގެ ހައްގުތައް ހަމަޖެހިފައި އޮންނަ ގާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ހޯދައި ދިނުމާއި އެކަންކަން ހިންގުން؛
  • ކޮމިޝަންގެ އެޗް.އާރް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރު ކުރުން؛
  • ކޮމިޝަންގެ އެޑްމިންގެ އެންމެހައި މަސައްކަތްތައް އެޗް.އާރ އެންޑް އެޑްމިންގެ އިސް މުވައްޒަފުންގެ ލަފާގެ މަތިން ކޯޑިނޭޓްކޮށް ކުރިއަށް ގެންދިއުން
  • އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓް ހިންގުމާއި ޙަވާލުވެހުންނަ ވެރިއަކު ނެތް ހިނދެއްގައި އެޑިޕާޓްމަޏްޓުގެ އެންމެހައި  ޒިންމާތައް ފުރިހަމައަށް އަދާކުރަމުންގެންދިއުން؛
  • ކޮމިޝަންގެ އެންމެހައި މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ލަފާ އަދި އެހީ ފޯރުވައި ދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު )
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު )

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

  • 02 ޖޫން 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަވިއު ކުރުން:

  • މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަ ދެންނެވީމެވެ.

23 ރަޖަބު 1435

22  މެއި 2014