މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ

February 26, 2015

ޢިއުލާން

ނަންބަރު: 8 (IUL)427-OPR/1/2015/

ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދުމަށް 24 ފެބްރުއަރީ 2015 ގައި މި ކޮމިޝަނުން ކުރި ނަންބަރ : (IUL)427-OPR/1/2015/6 ޢިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެޢިއުލާން ބަޠިލްކޮށް އަލުން ޢިއުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މަސައްކަތް ކުރަން ޖެހޭ ވަގުތު: މަހަކު 8 (އަށެއް) ގަޑިއިރު
މުއްދަތު:  1އަހަރު
ކުރަންޖެހޭ މަސައްކަތް : މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެކިއެކި ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ލިޔެކިޔުން ތައްޔާރުކުރުން އަދި ޝަރުއީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލްކުރުން
މަޤާމުގެ ޝަރުޠު: 
· ގާނޫނީ ދާއިރާއިން ޑިގްރީ ޙާޞިލް ކޮށްފައިވުން،

· ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއިއެކު މުޢާމަލާތު ކުރަން އެނގުން،

· ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،

· މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކޮމިޝަންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫން އަދި ޤަވައިދުތަކަށް އަހުލުވެރިވެ އަދި މިފަދަ ޤަވާއިދުތަކާއި، ގައިޑްލައިންތައް ޑްރާފްޓް ކުރުމުގައި އަދި ބްރޯޑްކާސްޓިންގ ދާއިރާގެ ކަންކަމުގައި ޤަނޫނީ ލަފާ ދިނުމުގައި ތަޖްރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ: ކޮންމެ މަހަކު -/5،000ރ (ފަސް ހާސް ރުފިޔާ)

އިތުރުގަޑި: މަހަކު މަސައްކަތްކުރަން ހަމަޖެހިފައިވާ 8 (އަށެއް) ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާ ކޮންމެ ގަޑި އިރަކަށް ދެފަރާތުން އެއްބަސްވާ ރޭޓަކުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ، ކޮމިޝަންގެ ވަޒީފާއަށް ވަގުތު ދިނުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 08މާރޗް 2015 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

އެޑްރެސް އަދި  ގުޅޭނެ ނަންބަރު: 

   މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

   މާލެ،ދިވެހިރާއްޖެ

   އަމީނީމަގު

   ފޯން:  3334333

   ފެކްސް: 3334334

   އީމެއިލް: www.broadcom.org.mv

07 ޖުމާދަލްއޫލާ 1436

 26 ފެބްރުއަރީ  2015