ވަޒީފާގެ ފުރުޞަތު – ޕީއާރު އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އެސިސްޓެންޓް އޮފިސަރ

August 24, 2023

ވަޒީފާގެ ފުރުޞަތު

ނަންބަރު: 21(IUL)427-OPR/1/2023/

 

މަޤާމު:ޕީއާރު އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް އެސިސްޓެންޓް އޮފިސަރ

ޢަދަދު: 1

މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: ޕީއާރު އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އެސިސްޓެންޓް އޮފިސަރ، (ގްރޭޑް 1)

ސެކްޝަން: ޕީއާރު އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް

އަސާސީ މުސާރަ: 5100 ރުފިޔާ

އެލަވަންސް:

  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ
  • ނޮންޕްރެކްޓިސިންގ އެލަވަންސް: -/2500 ރުފިޔާ
  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން އިތުރުގަޑި ދެވޭނެއެވެ.
  • މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު

  1. އޭލެވަލް 3 މާއްދާއިން ފާސްވެފައިވުމާއި އެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  2. ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން؛
  3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން؛
  4. ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ މަސައްކަތުގެ ދާއިރާއިން އަމަލީ ތަޖުރިބާ ލިބިފައިވުން؛
  5. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ ފަރާތަކަށްވުން؛
  6. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ސަރަހައްދީ އަދި ބައިނަލް އަޤްވާމީ ބްރޯޑްކާސްޓަރުންނާ އަދި ބްރޯޑްކާސްޓަރުންގެ ޖަމްޢިއްޔާތަކާއި އެކު ކޮމިޝަނުން ކުރަންޖެހޭ މުޢާމަލާތްތައް ކޮމިޝަނުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތީން ކުރުމުގައި އެހީތެރިވުން؛
  2. ކޮމިޝަނަށް ބޭނުންވާ އެހީ އާއި ތަމްރީނުގެ ފުރުޞަތުތައް ބައިނަލް އަޤްވާމީ  ފަރާތްތަކުން  ހޯދުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމުގައި އެހީތެރިވުން؛
  3. ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކުން ހޯދުމަށް މަސައްކަތް ކުރުމުގައި އެހީތެރިވުން؛
  4. ކޮމިޝަނާ ގުޅިގެން ބޭރުގެ ބްރޯޑްކާސްޓަރުން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާއި ގުޅުންހުރި ޖަމާޢަތްތަކުން ރާއްޖޭގައި ބާއްވާ ކޮންފަރެންސް ސެމިނަރ ފަދަ ކަންކަން ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ރާވާ ހިންގުމުގައި އެހީތެރިވުން؛
  5. ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ މުވާސަލާތުތައް ކުރުމާއި، އެކި ފަރާތްތަކަށް ލިޔަންޖެހޭ ސިޓީ އީ މެއިލް ފަދަ ތަކެތި ޑްރާފްޓް ކުރުމާއި އެމަސައްކަތް ރާވާ ހިންގާ ބެލެހެއްޓުމުގައި އެހީތެރިވުން؛
  6. ކޮމިޝަނުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުންހުރި ޕްރޮޖެކްޓް ތަކަށް ބޭނުންވާނެ މަޢުލޫމާތު ހޯދާ އެފަދަ މަޢުލޫމާތުގެ އަލީ ގައި  ޕްރޮޕޯޒަލްތައް ތައްޔާރުކުރުމުގައި އެހީތެރިވުން؛
  7. ޕީއާރު އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ސެކްޝަނުގެ އެންމެހައި  މަސައްކަތްތައް ދުވަހުން ދުވަހަށް ރާވާ، ހިންގާ ބެލެހެއްޓުމުގައި އެހީތެރިވުން؛
  8. ކޮމިޝަންގެ ޕަބްލިކް ރިލޭޝަން ކަންކަމުގައި ބޭނުންކުރާ ފޯނަށް ޖަވާބު ދިނުން؛
  9. ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެހީތެރިވުން؛
  10. ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ލިޔެ ތައްޔާރުކޮށް އަޕްޑޭޓް ކުރުން؛
  11. ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޢާންމު ކުރުމުގައި އެހީތެރިވުން؛
  12. މީޑިޔާ ބްރީފިންގތައް އިންތިޒާމު ކުރުމުގައި އެހީތެރިވުން؛
  13. ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓަރުންނާއި ގުޅޭ ކަންކަމުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ޕްރެސް ރިލީޒް ތައްޔާރުކޮށް މީޑިޔާއަށް މަޢުލޫމާތު ދިނުމުގައި އެހީތެރިވުން؛
  14. ކޮމިޝަނަށް ބޭނުންވާ ސްޕީޗް ފަދަ ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް ދިވެހި ބަހާއި އިނގިރޭސި ބަހުން ތައްޔާރުކުރުމުގައި އެހީތެރިވުން؛
  15. ކޮމިޝަންގެ ތަސައްވުރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން؛
  16. ކޮމިޝަނުގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ތަޢުލީމީ ރޮނގު: އިދާރީ (އެޑްމިނިސްޓްރޭޓިވް)

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު

( މި ފޯމު ކޮމިޝަންގެ ވެބްސައިޓުން https://www.broadcom.org.mv .ޑައުންލޯޑް ކުރެވޭނެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލިބެންހުންނާނެއެވެ. )

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ- މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ( މުއްދަތު ހަމަނުވާ )
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: ( އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލަކު ތައްގަޑު ޖަހާފައިވާ އަސްލު ކޮޕީ )

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  1. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި: 

2023 ސެޕްޓެމްބަރ  4 ވާ ހޯމަ  ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317/3334333
  • އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.
  • އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޒުރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.
  • އިޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުގެ ޓެސްޓެއް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 

ކޮންޕިޓަންސީ ދާއިރާ މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
ތަޢުލީމާއި ތަމްރީން 35%
މަސައްކަތުގެ ތަޖްރިބާ 20%
އިންޓަވިއު 30%
ޕްރެކްޓިކަލް ޓެސްޓް 15%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން؛
  • ތަފާތު މިޒާޖުގެ މީހުންނާއި އެކު މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން؛
  • މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން؛
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން؛
  • ވަޒީފާއާއިބެހޭ ޤާނޫނާއި، މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން؛
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާގަށް ބެލޭނެއެވެ؛
  • ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

 

24 އޮގަސްޓް 2023