ވަޒީފާގެ ފުރުޞަތު – އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

October 4, 2023

ވަޒީފާގެ ފުރުޞަތު

ނަންބަރު: 25(IUL)427-OPR/1/2023/

 

މަޤާމު: އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

ޢަދަދު: 1

މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ

ކްލެސިފިކޭޝަން: އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ (ގްރޭޑް1)

ސެކްޝަން:ފައިނޭންސް ސެކްޝަން

އަސާސީ މުސާރަ: 5100 ރުފިޔާ

އެލަވަންސް:

  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ
  • ނޮންޕްރެކްޓިސިންގ އެލަވަންސް: -/2500 ރުފިޔާ
  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން އިތުރުގަޑި ދެވޭނެއެވެ.
  • މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު

  1. އޭލެވަލް 3 މާއްދާއިން ފާސްވެފައިވުމާއި އެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  2. ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން؛
  3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން؛
  4. ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ މަސައްކަތުގެ ދާއިރާއިން އަމަލީ ތަޖުރިބާ ލިބިފައިވުން؛
  5. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ ފަރާތަކަށްވުން؛
  6. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު

ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި މާލިއްޔަތާއިބެހޭ ސަރކިއުލާ ތަކާއި އެއްގޮތްވާގޮތުގެމަތީން، ވެރިންގެ ލަފާގެދަށުން ޕްރޮކިއުމަންޓް ކަންކަން ބެލެހެއްޓުން؛
  2. ޚިދްމަތާއި ތަކެއްޗަށް އެދޭ ފޯމާއި އަގުބަލާ ފޯމް ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރުކުރުން؛
  3. ސްޓޮކް ބެލެންސް ދެނެގަނެ ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން؛
  4. ކޮމިޝަނަށް ހޯދަންބޭނުންވާ ތަކެތި ދެނެގަނެ އެތަކެތި ހޯދުމުގެ މަސައްކަތް ކުރުން؛
  5. ހޯދަން ބޭނުންވާ ތަކެތީގެ ކޯޓޭޝަންތައް އެފަދަ ފަރާތްތަކުން ހޯދުން؛
  6. ސެޕް ސިސްޓަމް މެދުވެރިކޮށް ޕަރޗޭސް އޯޑަރ ހެދުން؛
  7. ޕްރޮކިއު ކުރެވޭ މުދަލުގެ މަޢުލޫމާތު ފުރިހަމައަށް ބެލެހެއްޓުން؛
  8. ޕްރޮކިއުމެންޓުގެ އެންމެހާ ލިޔެ ކިޔުމެއް ފަހަށް ބޭނުންހިފޭނެހެން ރައްކާތެރިކޮށް ފައިލްކުރުން؛
  9. އެކިއެކި ސެކްޝަންތަކާއި މުވައްޒަފުން ބޭނުންވާ ތަކެތި އެތަކެތި ބޭނުންވާ ވަގުތައް ލިބިދެވޭނެ އިންތިޒާމް ހަމަޖެއްސުން؛
  10. ބިޑްތައް ފަރުވާތެރިކަމާއެކު އިވެލުއޭޓްކޮށް މަޢުލޫމާތު ޝީޓް ފުރިހަމަކުރުމާއި ބިޑްތައް އިވެލުއޭޓްކުރުމުގައި ފަންނީ މުވައްޒަފުންގެ އެހީތެރިކަން ހޯދުމާއި އެކު ހަފްތާއެއްގެ ތެރޭގައި ބިޑް އިވެލުއޭޓްކޮށް ނިންމުން؛
  11. ބިޑްތަކާއި ގުޅޭ އެއްވެސް ލިޔުމެއް ބަލައިގަތުމާއި ހަވާލުކުރުން، ލިޔުމުން ނޫނީ މުއާމަލާތް ނުކުރުން، މިގޮތަށް ހަވާލުކުރުމާއި ބަލައިގަންނަ ލިޔުންތައް ފަސޭހައިން ފެންނަގޮތަށް ބެހެއްޓުން؛
  12. ބިޑް ކޮމެޓީއިން ކުރާ ސުވާލުތަކަށާއި، ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތު ތެދުވެރިކަމާއެކު އަނގަބަހުންނާއި ލިޔުމުން ދިނުން؛
  13. ބިޑް ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުމާއި ފަރުވާތެރިކަމާއި، ރައްކާތެރިކަމާއެކު ލިޔުންތައް ބެލެހެއްޓުން؛
  14. ކޮމިޝަނަށް ހޯދަންޖެހޭ ޚިދުމަތްތަކުގެ ތެރެއިން 35,000/- ރ. (ތިރީސް ފަސްހާސް ރުފިޔާ) އިން ދަށުގެ ޚިދުމަތް ހޯދުމަށްޓަކައި 3 ފަރާތުން އަންދާސީ ހިސާބު ހޯދުމާއި، އިވެލުއޭޓްކޮށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދާ، އުޞޫލުތަކާ އެއްގޮތަށް އެގްރީމެންޓްކޮށް މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުން؛
  15. ބިޑް ކޮމެޓީއިން ނިންމާ ނިންމުންތައް ދުވަހުން ދުވަހަށް ގުޅުންހުރި ފަރާތްތަކާއި ހަވާލުކުރުމާއި އެލިޔުންތަކުގެ ކޮޕީ ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
  16. ބިޑް ކޮމެޓީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުން ލިޔުން ފުރިހަމަކޮށް ހުރިހާ ޑޮކިއުމަންޓްތައް ފަރުވާތެރިކަމާއެކު ހުށަހެޅުން؛
  17. ކޮމިޝަނުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަން ކިއުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ނީލަން ކިއުމުގެ ޤާވާއިދާއި ވެރިންގެ ލަފައާއިއެކު ކުރުން;
  18. ކޮމިޝަނުން ޚިދުމަތް ހޯދާ މަސައްކަތްތަކުގެ ބިލްތަކަށް ފައިސާ ދައްކަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސޮއިތައް ހަމަކުރުމަށްފަހު ބިލްތަކަށް ފައިސާދައްކަން ފައިނޭންސް ސެކްޝަންއަށް ފޮނުވުން؛
  19. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން އެވަގުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ތަޢުލީމީ ރޮނގު:ޕްރޮކިއުމަންޓް (އެޑްމިނިސްޓްރޭޓިވް)

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު

( މި ފޯމު ކޮމިޝަންގެ ވެބްސައިޓުން https://www.broadcom.org.mv .ޑައުންލޯޑް ކުރެވޭނެއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ލިބެންހުންނާނެއެވެ. )

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ- މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ( މުއްދަތު ހަމަނުވާ )
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: ( އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލަކު ތައްގަޑު ޖަހާފައިވާ އަސްލު ކޮޕީ )

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  1. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި: 

2023 އޮކްޓޫބަރ 16 ވާ ހޯމަ  ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334317/3334333
  • އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ، މަޖީދީ މަގު.
  • އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޒުރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.
  • އިޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުގެ ޓެސްޓެއް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 

ކޮންޕިޓަންސީ ދާއިރާ މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
ތަޢުލީމާއި ތަމްރީން 35%
މަސައްކަތުގެ ތަޖްރިބާ 20%
އިންޓަވިއު 30%
ޕްރެކްޓިކަލް ޓެސްޓް 15%

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން؛
  • ތަފާތު މިޒާޖުގެ މީހުންނާއި އެކު މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން؛
  • މަސައްކަތްތައް ރާވައި އިސްކަންދޭ ތަރުތީބުން އިންތިޒާމްކުރުމުގެ ހުނަރު ލިބިފައިވުން؛
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް މަތީ ފެންވަރެއްގައި ބޭނުންކުރަން އެނގުން؛
  • ވަޒީފާއާއިބެހޭ ޤާނޫނާއި، މިނޫންވެސް އެހެނިހެން ޤާނޫނުތަކާއި ގަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން؛
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާގަށް ބެލޭނެއެވެ؛
  • ގުޅުންހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި، ލިބިފައިވާ ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

 

4 އޮކްޓޯބަރ 2023