“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ގެ ޙަފްލާ ބާއްވައިފި

September 14, 2022

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކުރުމުގެ އިތުރުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮމިޝަނުން ދޭން ނިންމި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022”  ބާއްވައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓިން އެވޯޑްސް 2022″ ގައި ވަނީ ބްރޯޑްކާސްޓިން ދާއިރާގައި ހިމެނޭ 20 ދާއިރާއަކަށް އެވޯޑް ދީފަ އެވެ.

މީގެ ތެރެއިން އެންމެ ޚާއްސަ އެއް އެވޯޑަކީ ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމަށް ދިން އެވޯޑެވެ”. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް” ލިބިވަޑައިގަތީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހިމް މަނިކު (ސަމަރޭ) އާއި ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ޒާހިދާ އިބްރާހިމް (ޒާހިދާއްތަ) އަށެވެ.

“އެ ރަސްމިއްޔާތުގައި ވަނީ ޖޫރީންގެ ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ. އެ އެވޯޑް ލިބުނީ ބެސްޓް އެވޯޑް ފޯ ޓެކްނިކަލް އެކްސެލެންސްގެ ދަށުން ޓީވީއެމުން ގެނެސްދީފައިވާ “ތޮއްޑޫ: ދަ އައިލެންޑް އޮފް ވޯޓާމެލަން” އަށެވެ. އަދި މޯސްޓް ޕްރޮމިސިން ޓީވީ ޕްރޮގްރާމް ޕްރެޒެންޓަރުގެ އެވޯޑް ލިބުނީ ޝަމްރާ ޝަމީމް (ކުޑޫ) އަށެވެ.

“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022″ގެ އެވޯޑްތަކަށް ނޮމިނޭޓްވި ފަރާތްތަކާއި އެވޯޑް ހާސިލްކުރި ފަރާތްތަކުގެ ތަފްސީލުތައް ތިރީގައި މިވަނީއެވެ.