“މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް 2022” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

May 3, 2022

އިޢުލާނު

ނަންބަރު:9(IUL)427-PPR/1/2022/

“މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް 2022” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ދިނުމަށް ނިންމާފައިވާތީ، މި އެވޯޑުގައި ހިމެނޭ ކެޓަގަރީތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު”ގައި ބަޔާންކޮށްފައިވާނެއެވެ. މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުގެ ވެބްސައިޓް  broadcom.org.mv  ލިބިވަޑައިގަންނަވާނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

 

3 މެއި 2022