“މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” ގެ ޕްރީ-ޝޯ ބާއްވައިފި

September 9, 2022

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022″ ޕްރޮމޯޓުކުރުމަށް ތަފާތު ހަރަކާތްތަކަކާ އެކު ބޭއްވި ޕްރީ ޝޯ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ބާއްވައިފިއެވެ.

މި ޕްރީ-ޝޯގައި މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑުގެ ޕާޓްނަރުންނާއި ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ކުންފުނިތަކުން އެކި ސްޓޯލުތައް ތައްޔާރުކޮށް، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ބޭއްވި އެވެ. މި އިވެންޓުގައި ބޮޑުބެރާއި، ޒުމްބާ އަދި ކުޑަކުދިންނަށް ޚާއްސަ ކަރާޓޭގެ ހަރަކާތްތަކެއް ފެނުނެވެ. އަދި ބައެއް ސްޓޯލްތަކުން ކުންފުނިތަކުގެ ޕްރޮޑަކްޓުތައް ދެއްކުމާއި، ހިލޭ ބައެއް ތަކެތި ވެސް ބެހި އެވެ.

މި އިވެންޓުގައި ކުންފުނިތަކުގެ ސްޓޯލުތަކުން ވަނީ، އެތަންތަނުގެ ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތަކެއް ދީ ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު އައިޓަމްތަކެއް ވެސް  ބާއްވައިފަ އެވެ. މި އިވެންޓުގައި ޑްރިފް އެސޯސިއޭޝަނުން ތަފާތު އެކި ކާރުތައް ދައްކާލައި، އެ ކާރުތަކާ އެކު އާންމުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދިނެވެ.