December 6, 2018
22 ސެޕްޓެންބަރު 2018 ގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާއްމުކޮށްފައިވާ “ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު” 22 ނޮވެންބަރު 2018 އިން ފެށިގެން ބާތިލްވެފައިވާކަމުގައި ކަނޑައަޅައިފިއެވެ. މި އުސޫލަކީ، ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކައުތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައި އަމަލުކުރަން ފެށުނު އުސޫލެއްކަމުން، އެ ޤާނޫނު 22 ނޮވެންބަރު 2018 ގައި އުވާލުމާ ގުޅިގެން މި އުސޫލުވެސް އެ ތާރީޚުން ފެށިގެން ބާތިލުވެފައިވާކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
October 10, 2018
“ޗެނަލް 13” އިން ކޮންޓެންޓް ފޮނުވުމުގައި ސަމާލުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
October 4, 2018
ކޮމިޝަނުން ބަލައިފައިވާ ޝަކުވާތަކާއި ގުޅޭ ދިރާސާ ރިޕޯޓާއި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ބްރޯޑްކާސްޓް މޮނިޓަރިންގ ރިޕޯޓް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު މިއަދު ނެރެދެއްވައިފިއެވެ.
October 4, 2018
ލޫދިފައިވާ ޤައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު އިލްތިމާސްކުރައްވައިފިއެވެ.