December 31, 2024
ނޫސް ބަޔާން (PR)427-BUR/427/2024/4:ނަމްަބަރު ޑިސެމްބަރ 2024 ވީ އާދިއްތަ ދުވަހުގެރޭ އަސްލު ޓީވީގެ ނޫސްވެރިޔަކު ނެގި ފޮޓޯއެއް ފުލުހުންގެ އޮފިސަރަކު ޑިލީޓްކުރިކަމަށް އަސްލު ޓީވީއިން ރިޕޯޓްކޮށްފައިވާތީ ދަންނަވަމެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފުލުހުންގެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްއިން މި މައްސަލަ ބަލަމުންދާކަމުގައި މި ކޮމިޝަނަށް މައުލޫމާތު ދީފައިވާތީ، މި މައްސަލަ ބެލުން ވީހާވެސް އަވަސްކޮށްދެއްވުމަށް ދިވެހި ފުލުހުންގެ އިދާރާއަށް ދަންނަވާފައިވާނެއެވެ. ޒިންމާދާރު ނޫސްވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތަކުންވެސް މަސައްކަތް ކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ. […]
December 18, 2024
ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ޗެނަލްތަކުން 8 ޑިސެމްބަރ 2024 ގައި ގެނެސްދީފައިވާ ލައިވް ކޮންޓެންޓެއްގައި ކީރިތި ޤުރުއާން ކިޔަވަމުން ދިޔަ ވަގުތު ކޮންޓެންޓްގެ ބައެއް އުނިވެފައިވާކަމަށް މި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާތީ، އެކަން ހިނގައިދިޔަގޮތް ކޮމިޝަނަށް ރިޕޯޓްކުރުމަށާއި އަދި ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް މި ކޮމިޝަނުން ވަނީ ޕީ.އެސް.އެމް ގައި އެދިފައެވެ.
December 12, 2024
ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ޗެނަލްތަކުން 8 ޑިސެމްބަރ 2024 ގައި ގެނެސްދީފައިވާ ލައިވް ކޮންޓެންޓެއްގައި ކީރިތި ޤުރުއާން ކިޔަވަމުން ދިޔަ ވަގުތު ކޮންޓެންޓްގެ ބައެއް އުނިވެފައިވާކަމަށް
July 8, 2024
ނޫސްވެރިން އެކްރެޑިޓް ކުރުމާބެހޭ އުސޫލު
June 15, 2023
އިއްޔެ ހަވީރު މާލޭގައި ޗެނަލް 13 ގެ ނޫސްވެރިއަކު، ނޫސްވެރިކަމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް، އާއްމުންގެ މީހަކު އިންޒާރުދީ، ނޫސްވެރިޔާގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅި މަންޒަރު ފެންނަ ވީޑިއޯއެއް މި ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.