August 18, 2020
މިއީ، 21 ފެބްރުވަރީ 2020 ވީ ހުކުރު ދުވަހުގެ ހަވީރު 06:00 ހާއިރު ޗެނަލް 13 ގެ ލައިވް ޕްރޮގްރާމެއް ކުރިއަށްދިޔަ ވަގުތު ބްރޭކިން ނިއުސްގެ ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ލޯގޯ (ކަޅާހުދުގެ) ޖަހާފައިވާ ލިޔުމެއް އާންމުކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާގުޅޭ ގޮތުން ގެނެސްދިން ޚަބަރު އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް އާއްމުކުރި ޚަބަރެއް ނޫން ކަމަށާއި، ޢާއްމު ރައްޔިތުނަށް ޙަޤީޤަތް އޮޅުވާލާ ރައްޔިތުންގެ ހިތްތަކުގައި ފެނަކަ ކޯޕަރޭޝަނާއި މެދު ނަފުރަތު އުފައްދާ ކުންފުނީގެ އަގުވައްޓާލުމުގެ އަމަލެއްކަމަށް ބުނެ މި މައްސަލަ ބަލައިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.
August 18, 2020
މިއީ، ށ. ފުނަދޫ ކައުންސިލް އިދާރާއާ އަމިއްލަ ފަރާތަކާ ގުޅިގެން ލައިސަންސް ނެތި އެއަރޓެލް އަދި އެހެނިހެން ގޮތްގޮތުން ޗެނަލްތައް ރިސީވްކޮށް، ޑިޖިޓަލް ހެޑް އެންޑް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގ ޚިދުމަތް ދެމުން ގެންދާކަމަށް ބުނެ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
August 12, 2020
މިއީ، ރ. އަލިފުށީގައި ވަކިވަކި ޑިޝްއެންޓަނާ މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށްގެން ޑިޖިޓަލް ހެޑް އެންޑެއް މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް ރައިޓްސް ނެތް ޗެނަލްތައް ޓްރިޕްލް އޭ.ޔޫ ޕްރައިވެޓް ލިމިޓެޑް (އަސީ ކޭބަލް ކަނެކްޝަން) ރީބްރޯޑްކާސްޓްކުރާކަމަށް ބުނެ ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.