މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި އަމިއްލަ ކޮންޓެންޓާއި އިޝްތިހާރު ފޮނުވުން

July 14, 2011

ނޫސް ބަޔާން

މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި އަމިއްލަ ކޮންޓެންޓާއި އިޝްތިހާރު، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބްރޯޑްކާސްޓް ކުރަމުންދާތީ، އެކަން ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން އެކުންފުންޏަށް މި ކޮމިޝަނުން އެންގުމުން ވެސް އެކަމަށް އިޖާބަނުދީ ކުރިއަށް ގެންދާކަން މި ކޮމިޝަނުން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި އެ ކުންފުނިން އަމިއްލަ ކޮންޓެންޓާއި އިޝްތިހާރު ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން، ޤަވާޢިދުން ލައިސަންސް ހޯދައިގެން ބްރޯޑްކާސްޓް ކުރަމުންދާ ފަރާތްތަކުގެ ޙައްޤުތަކެއް އުނިވެ ވިޔަފާރިއަށް ގެއްލުންވާނެތީ މި ކޮމިޝަނުން އެކަމާ ނުހަނު ކަންބޮޑުވެ އެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުން ހިމާޔަތް ކުރުމަކީ މި ކޮމިޝަންގެ މައްޗަށް ޤާނޫން ލާޒިމްކުރާާ ކަމަކަށް ވާތީ، މީޑިއާނެޓުން ގާނޫނާ ޚިލާފަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް ވަގުތުން ހުއްޓަވާލެއްވުމަށް މި ކޮމިޝަނުން އަނެއްކާވެސް ވާނީ އަންގައިފަ އެވެ.

14 ޖުލައި  2011