ސުނާމީ ކާރިސާގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފި

December 26, 2013

26 ޑިސެމްބަރ 2004 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ހަނދާނުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިއަދު ހެނދުނު 9:20 އިން ފެށިގެން ގެނައި އެއް މިނެޓުގެ ސުކޫތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބައެއް މެންބަރުންނާއި މުވައްޒަފުން ބައިވެރިވެއްޖެއެވެ.

 އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރާ މި ދުވަހު މި ސުކޫތު ގެނެސްފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އޮފީސް އިމާރަތުގެ ބޭރުގައި މަގުމަތީ ތިއްބަވައިގެންނެވެ.

އެއްބައިވަންތަ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން އިންތިޒާމްކޮށްގެން ހިންގަން ހަމަޖެހިފައިވާ މާލެތެރެ ސާފުކުރުކުމުގެ ޕްރޮގްރާމުގަވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކޮމިޝަނަރުންނާއި މުވައްޒަފުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.