މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރާއި މުރާޖަޢާ ކޮމިޓީ ކަނޑައެޅުން

July 6, 2014

ނަންބަރު: (IUL)427-OPR/1/2014/41

ޢާންމު އިޢުލާން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރާއި މުރާޖަޢާ ކޮމިޓީ ކަނޑައެޅުން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނު  2014/1 ގެ 36 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރގެ ގޮތުގައި ކޮމިޝަނުން ހަމަޖައްސާފައިވަނީ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު ކަމުގައި ދެންނެވީމެވެ. އަދި އެ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ތިރީގައި އެވަނީ މިކޮމިޝަންގެ މުރާޖަޢާ ކޮމިޓީއަށް ކޮމިޝަނުން ކަނޑައަޅާފައިވާ މެންބަރުންގެ ނަންތަކެވެ.

1.      ސެކްރެޓަރީ ޖެނެރަލް ނޫރާ ޢަލީ

2.      ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނާސިޙް

3.      ޑިރެކްޓަރ، އެޗްއާރު އެންޑް އެޑްމިނިސްޓރޭޝަން އަޙްމަދު ރާޝިދު

ވީމާ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކާއި ބެހޭގޮތުން ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާނީ ކޮމިޝަންގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އީމާން އަންވަރު އެވެ. މިފަރާތާއި ގުޅެނެ ޢާންމު ނަންބަރަކީ7983353 އަދި 3334333 ކަމުގައިވެސް ދެންނެވީމެވެ.

މިހެން ހަމަޖެހުނު ކަމުގައިވިއަސް މިކޮމިޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ޚިދްމަތްތަކާއި ބެހޭގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ މުޢާމަލާތްތައް މިހާރެކޭވެސް އެއްގޮތައް ކުރަމުންގެންދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

                              08 ރަމަޟާން 1435

                              06  ޖުލައި   2014