މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްކަމަށް ފާޠިމަތު ޒައިނާ އިންތިޚާބުވެވަޑައިގެންފި

June 17, 2019

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްގެ މަޤާމަށް ކޮމިޝަންގެ މެމްބަރ ފާޠިމަތު ޒައިނާ އިންތިޚާބުވެވަޑައިގެންފިއެވެ.

ފާޠިމަތު ޒައިނާ ކޮމިޝަންގެ ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ، ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޞަފްވާން، އެ މަޤާމުން 13 ޖޫން 2019ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ އެ މަޤާމަށް ބޭފުޅަކު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރަކަށް ފާޠިމަތު ޒައިނާ، ރައީސުލްޖުމްޙޫރިއްޔާ އައްޔަނު ކުރެއްވީ 5 އޭޕްރީލް 2016 ގައެވެ.