މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރަމުން ގެންދާ ތަހުގީގަށް ހުރަސްއެޅޭގޮތަށް ބްރޯޑްކާސްޓްނުކުރުމަށް ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި

April 25, 2017

މޯލްޑިވްސް ޕޮލިސް ސަރވިސްއިން 24 އެޕްރީލް 2017 (ހޯމަ) ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި އަންގާފައިވާގޮތުގެ މަތިން، ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

ތިރީގައި މިވަނީ، މިކަމާ ގުޅިގެން ކޮމިޝަނުން މިއަދު ނެރެފައިވާ ސަރކިއުލަރއެވެ.

“ޔާމީން ރަޝީދު (ޗަނބޭލީގެ/ ސ.ފޭދޫ) ގެ މަރާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 24 އެޕްރީލް 2017 (ހޯމަ) ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި އަންގާފައިވާގޮތުގެ މަތިން، މި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ. ހަމަ އެހެންމެ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން ނަސޭހަތްތެރިވަމެވެ.”