ރިޔާސީ ކެންޑިޑޭޓުންނާ ގުޅުން ހުރި ޝަކުވާތައް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިިންމައިފި

August 22, 2013

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅުން ހުރި ޝަކުވާތައް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިިންމައި، އެ އުސޫލުން އަމަލްކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި  އެވެ.

މި ގޮޮތުން އެންޓި ކެންޕޭނަކަށް ވާގޮތަށް، ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭގޮތުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓާ ގުޅުން ހުރި މައްސަލަތަައް ބެލުމަށް ކޮމިޝަނުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. މި ކޮމިޓީގައި ކޮމިޝަންގެ ހަތް މެމްބަރުންނާއި ކަމާ ބެހޭ އިދާރީ މުވައްޒަފުން ވެސް ހިމެނެ އެވެ.

އެންޓި ކެންޕޭނަކަށް ވާގޮތަށް، ރިޔާސީ ކެންޑިޑޭޓުންނާ ގުޅޭގޮތުން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓާ ބެހޭ ފަސް މައްސަލައެއް މިހާތަނަށް ހުށަހެެޅި، ކޮމިޝަނުން ވަނީ ބަލަން ފަށައިފައެވެ.   

އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނެއް ކޮމިޝަނުން ފާސްކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އެންމެހާ ބްރޯޑްކާސްޓަރުންނާ ވަނީ ހިއްސާކޮށްފައެވެ. މި ގައިޑްލަައިންއަކީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް  އެމެރިކާގެ ކޮންސަލްޓަންޓެއް ކަމުގައިވާ ޓެރީ އަންޒޫރުގެ ލަފާގެ މަތިން އެކުލަވާފައިވާ ގައިޑްލައިނެކެވެ.

ބްރޯޑްކާސްޓް ސްޓޭޝަންތަކުން މި ދުވަސްވަރުގައިފޮނުވާ ކޮންޓެންޓަކީި މި ގައިޑްލައިން އާއި އެއްގޮތަށް ބްރޯޑްކާސްޓްކުރާ ކޮންޓެންޓް ކަމަށް ހެދުމަށް ހުރިހާ ބްރޮޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކުރެއެވެ.