ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނަމާދުވަގުތު އަންގައިދިނުމަށް ސަމާލުކަންދިނުމަށް

August 20, 2015

ސަރކިއުލަރ

ނަންބަރު: 427-LCM/CIR/2015/12

ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ނަމާދުވަގުތު އަންގައިދިނުމަށް ސަމާލުކަންދިނުމަށް

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 28ވަނަ މާއްދާގައި “ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންދާ ވަގުތުތަކުގައި އަންނަ ނަމާދު ވަގުތުތައް އަންގައިދިނުމުގެ ގޮތުން، ލިޔުންކޮޅެއް މަދުވެގެން 10 (ދިހައެއް) ސިކުންތު ވަންދެން ފޮނުވަންވާނެ” ކަމުގައި ބަޔާންކޮށްފައިވާއިރު، ނަމާދުވަގުތު އަންގާ ދިނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭފަރާތްތަކުން ސަމާލުކަން ނުދޭކަމުގައިބުނެ މި ކޮމިޝަނަށް ވަނީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 28ވަނަ މާއްދާގައި ކަނޑައަޅާފައިވާފަދައިން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގައި ބަންގި ވަގުތު އަންގައިދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

05 ޛުލްޤަޢިދާ 1436

  20 އޯގަސްޓް 2015