ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާއަގުތައް ފާސްކުރުމަށް ކޮމިޝަނަށް ހުށެހެޅުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮމިޝަނުން އަންގައިފި

March 10, 2014

ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާއަގުތައް ފާސްކުރުމަށް ކޮމިޝަނަށް ހުށެހެޅުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް  މޯލްޑިވްސް ބްރޯޑްކާސްޓިނގް ކޮމިޝަނުން އަންގައިފިއެވެ.

ތިރީގައި މިވަނީ މިކަމާއި ގުޅޭ ގޮތުން ކޮމިޝަނުން އާއްމުކޮށްފައިވާ ސާރކިއުލަރ އެވެ.

“ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 39ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާގޮތުން ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ ހިދުމަތް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، އެއަގެއް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) ގެ 32ވަނަ މާއްދާގައި ވާގޮތުން ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، އެ އަގެއް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.

1.  ކަނެކްޝަން ފީ

2. ޑީކޯޑަރގެ އަގު ނުވަތަ ފީ

3. މަހު ފީ

4. ރީ ކަނެކްޝަން ފީ

5. ޕެކޭޖްގެ ފީ

6. އިތުރު އެހެން ފީއެއް ހިދުމަތް ލިބިގަންނަ ފަރާތުން ނަގާނަމަ އެ ފީގެ ތަފްސީލް

“ވީމާ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ މަތީގައި ބަޔާންކޮށްފައިވާ އަގުތަކުގެ ތަފްސީލް 07 އޭޕްރީލް 2014 ގެ ކުރިން މި ކޮމިޝަނުން ފާސްކުރުމަށްޓަކައި ހުށަހެޅުމަށް އެދެމެވެ.”