މާލެއަށް ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލުން

July 10, 2014

ނަންބަރު: (IUL)427-LCM/1/2014/43

އިޢުލާން

މާލެއަށް ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ހުޅުވާލުން

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24ވަނަ މާއްދާއަށް ރިޢާޔަތްކޮށް މާލެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 9 އޮކްޓޫބަރު 2014 އާ ހަމައަށް ހުޅުވާލައިފީމެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މިކޮމިޝަނުގެ ވެބް ސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެއެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ
09 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:30ހެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

12 ރަމަޟާން 1435

10 ޖުލައި 2014