ރާއްޖޭގައި ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓްކުރުމަށް ޓެރެސްޓްރިއަލް ފްރީކުއެންސީ އާއި ލައިސަންސަށް އެދެމުންދާތީ

May 11, 2011

ނޫސް ބަޔާން

ރާއްޖޭގައި ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓްކުރުމަށް ޓެރެސްޓްރިއަލް ފްރީކުއެންސީ އާއި ލައިސަންސް ހޯއްދެވުމަށް ބައެއް ފަރާތްތަކުން މި ކޮމިޝަނަށް ހުށަހަޅުއްވަމުން އެބަގެންދަވަ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ޤާނޫނު ލާޒިމްކުރާ، ފްރީކުއެންސީ ޕްލޭން އެކުލަވައިލުމުގެ މަސައްކަތާއި ފްރީކުއެންސީ ދޫކުރުމުގެ ޤަވާއިދު އިސްލާހުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އަދި ޕްރައިވެޓް ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމަށް މާޗު 2007 ގައި ހައްދަވައިފައިވާ ޤަވާއިދު މުރާޖަޢާކުރުމުގެ މަސައްކަތް ވެސް މި ކޮމިޝަނުން މިހާރު ކުރިއަށް އެބަގެންދަމެވެ.

ވީމާ، ފްރީކުއެންސީ ޕްލޭންގެ މަސައްކަތާއި ފްރީކުއެންސީ ދޫކުރުމުގެ ޤަވާއިދާއި ލައިސަންސް ދޫކުރުމުގެ ޤަވާއިދުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، އެކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ ވާހަކަ ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

11 މެއި   2011