2013ވަނަ ރިޔާސީ އިންތިޚާބަށް ބްރޯޑްކާސްޓަރުން ދޫކުރާ “ޑިރެކްޓް އެކްސެސް ވަގުތާއި” ގުޅޭ

August 7, 2013

ނަންބަރު:  427PPR/CIR/2013/8

ސަރކިއުލަރ

2013 ވަނަ ރިޔާސީ އިންތިޚާބާށް ބްރޯޑްކާސްޓަރުން ދޫކުރާ “ޑިރެކްޓް އެކްސެސް ވަގުތާއި” ގުޅޭ

            އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނޫ (11/2008) ގެ 30 ވަނަ މާއްދާގެ ދަށުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް ބްރޯޑްކާސްޓަރުން ރިޔާސީ ކެންޑިޑޭޓުންނަށް ދޫކުރާ “ޑިރެކްޓް އެކްސެސް ވަގުތު” މި ކޮމިޝަނުން މޮނިޓަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ތިޔަ ސްޓޭޝަނުން ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރާ ވަގުތާގުޅޭ އަންނަނިވި މަޢުލޫމާތު 13 އޮގަސްޓް 2013 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުމަށް އެދެމެވެ.

  1. ހަމަހަމަ ގޮތެއްގައި އެންމެހައި ރިޔާސީ ކެންޑިޑޭޓުންނަށް ޑިރެކްޓް އެކްސަސް ވަގުތު ދޫކުރަން ހަމަޖެހިފައިވާ އުސޫލު
  2. ޑިރެކްޓް އެކްސަސް ވަގުތު ދޫކުރަން ހަމަޖެހިފައިވާ އޮންއެއަރގެ ގަޑިތައް
  3. ޑިރެކްޓް އެކްސަސް ގެ ގޮތުގައި ދޫކުރާ ވަގުތަށް އަގެއް ނަގާނަމަ އަގުތަކުގެ ތަފްސީލް
  4. ޑިރެކްޓް އެކްސަސް ގެ ގޮތުގައި ދޫކުރާ ވަގުތު އަދި އުސޫލު އާންމުކުރާނެ ގޮތާއި، އާންމުކުރާނެ ތާރީޚުގެ މަޢުލޫމާތު
  5. އަދި، ޑިރެކްޓް އެކްސަސް ވަގުތު ތަކުގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓްގެ ރިކޯރޑިންގ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ކޮމިޝަނަށް ހުށަހެޅުން

30 ރަމަޟާން 1434

7 އޯގަސްޓް   2013